ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ބ. ކަމަދޫ ނެށުންތެރިޔާ އާމިނަތު ޒާރާއާ ބައްލަވައިގެންނެވި ކައިވެނި ރޫޅާލައިފިއެވެ.
ސިޔާމްގެ އަރިސް ބޭފުޅަކު "ވަން"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ސިޔާމާއި ޒާރާގެ ކައިވެނި، ސުލްހަވެރިގޮތެއްގައި ނިމުމަކަށް ގެންނަވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ސިޔާމް، ޒާރާއާ ކައިވެނި ބައްލައިވައިގެންފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޒާރާ ވެސް ސޯޝަލް މީޑިއާގައި ގެންދެވީ ސިޔާމަށް އޮތް ލޯބި ހާމަކޮށްދެމުންނެވެ.
މިދިޔަ އަހަރުގެ އެ ކައިވެންޏާއެކު މުޅި ސޯޝަލް މީޑިއާގައި ވެސް އެ ދުވަސްވަރު ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވެމުންދިޔައެވެ.
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު