ވައިގެ ދަތުރުފަތުރަށް ޚާއްސަ ވެފައިވާ މަޝްހޫރު އިންފްލުއެންސާ ސޭމް ޗުއީ، އޭނާގެ ފްލައިޓް އެޓެންޑެންޓް އަނބިކަނބަލުންނާ އެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ބޮއިން 747 ބޯޓެއްގެ ތެރޭގައި ތާރީހީ "ސްކައި ވެޑިން" އެއް ބާއްވައިފިއެވެ. މި ކައިވެނި އޮތީ އެ ދެމަފިރިންގެ ވައިގެ ދަތުރުފަތުރަށް ހުރި ލޯބި ދައްކުވައިދޭ ތަފާތު ގޮތަކަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ލައްކައިން ފޮލޯވަރުން ތިބި އޭވިއޭޝަން އިންފްލުއެންސަރެއްގެ ގޮތުގައި މަޝްހޫރު ސޭމް އަކީ، ވައިގެ ދަތުރުފަތުރާ ބެހޭ ކޮންޓެންޓް އުފެއްދުމުގައި އެންމެ ކުރީގައިވާ އެއް ނަމެވެ.
މި މަހުގެ 12 ވަނަ ދުވަހު، ޗުއީ އާއި އޭނާގެ އަންހެނުން ފިއޯނާ، ފުޖައިރާ އިންޓަނޭޝަނަލް އެއާޕޯޓުން ބޯއިން 747-400 ބޯޓަކަށް އަރައި، ކައިވެނީގެ މެހެމާނުންނާއެކު ގަލްފުގެ މަތީން 95 މިނިޓުގެ ދަތުރެއް ކުރިއެވެ.
މި ކައިވެންޏަށް ޗާޓަރުކޮށްފައިވާ ބޯޓަކީ، "ކުއީން އޮފް ދަ ސްކައިސް" ގެ ނަމުން މަޝްހޫރު، ބޮޑު އަދި ފުރިހަމަ ހިދުމަތްތަކެއް ދެވޭ ބޯޓެކެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، ދެމަފިރިން ކައިވެނީގެ ހެދުމުގައި ބޯޓަށް އަރާ މަންޒަރު ފެނެއެވެ. ޗުއީ ލިޔެފައިވަނީ ލޯބި ވަނީ ވައިގެ ތެރޭގައި ކަމަށެއެވެ.
"އަހަރެމެންގެ 747 ސްކައި ވެޑިން ފްލައިޓަށް މަރުހަބާ. މިއީ ދިރިއުޅުމުގެ ފޮނި ހަނދާންތަކެއް" މިހެންނެވެ. މި ހަރަކާތަކީ "ދިރިއުޅުމުގެ އެންމެ ރަނގަޅު ދުވަސް" ކަމަށް ޗުއީ ސިފަކޮށްފައިވެއެވެ.
މެހެމާނުން ދެމަފިރިންނާއެކު މަޖާކޮށް، ނަށައި އުފާ ފާޅުކުރާތަން ފެނެއެވެ. މި ކައިވެންޏަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު