ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީކުރަން ޖެހޭނީ ސަރުކާރުގެ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.
މިއަހަރުގެ ގައުމީ ގުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނަށް ލިބޭ އިނާމުތައް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ފާތިމަތު ލިއުޝާ
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް