އެޕަލްއިން އަންނަ އަހަރުގެ ކުރީކޮޅު، އައިޕެޑްގެ 12 ވަނަ ޖީލުގެ މޮޑެލް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތަައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާ އައިޕެޑްގައި މިހާރުގެ 11 ވަނަ ޖީލުގެ މޮޑެލްގެ ޑިޒައިނަށް ބޮޑު ބަދަލެއް ނައިނަމަވެސް، އިތުރަށް ބާރުގަދަ ޕްރޮސެސަރެއް ބޭނުންކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިހާރުގެ މޮޑެލްގައި ބޭނުންކޮށްފައިވާ A16 ބަޔޯނިކް ޗިޕަށްވުރެ ރަނގަޅު ޗިޕެއް އާ މޮޑެލްގައި ހުންނާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލްއިން އަންނަނީ ދެ ވައްތަރެއްގެ އައިޕެޑް އުފައްދަމުންނެވެ. އެއީ J581 އަދި J582 ކަމަށް ބެލެވޭ ކަމަށާއި މި ދެ ވައްތަރުގެ ތަފާތަކީ ސްޓޯރޭޖްގެ ކަމަށް ވުން އެކަށީގެންވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ. މިހާރުގެ 11 ވަނަ ޖީލުގެ އައިޕެޑް 128GB، 256GB، އަދި 512GB ގެ ސްޓޯރޭޖް އޮޕްޝަންތަކުގައި ލިބެއެވެ.
މިހާރުގެ 11 ވަނަ ޖީލުގެ އައިޕެޑް ނެރެފައިވަނީ 2024 ވަނަ އަހަރުގެ މާޗް މަހު އެވެ. އޭގެ ފެށޭ އަގަކީ 349 ޑޮލަރެވެ. އާ މޮޑެލް ވެސް މިހާ އަވަހަށް ނެރުމަކީ އެޕަލްއިން އައިޕެޑްގެ ޕްރޮޑަކްޓް ސައިކަލް އަވަސްކުރަން މަސައްކަތްކުރާ ކަމުގެ ނިޝާނެކެވެ. އަގަށް ވެސް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވިފައިވާއިރު، ޑިޒައިން އެހާ ބޮޑަށް ބަދަލު ނުވާނަމަ މިހާރުގެ އަގާއި ގާތް އަގެއްގައި ނުވަތަ ކުޑަ ބަދަލަކާއެކު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެޕަލްގެ އެންޓްރީ ލެވަލް އައިޕެޑް ސީރީޒަކީ ތައުލީމީ ބޭނުންތަކަށާއި، އާދައިގެ ބޭނުންތަކަށް، އަދި އަލަށް ތަރައްގީވަމުން އަންނަ ބާޒާރުތަކަށް ވަރަށް މުހިންމު އުފެއްދުމެކެވެ. ޕްރޯ ސީރީޒްގެ އައިޕެޑްތައް ހައި-އެންޑް ފީޗާސްތަކަށް ފޯކަސްކުރާއިރު، ބޭސިކް އައިޕެޑަކީ ރަނގަޅު އަގެއްގައި ރަނގަޅު ފައިދާއެއް ލިބިގެންދާނެ އުފެއްދުމެކެވެ. އާ ޗިޕަކާއެކު 12 ވަނަ ޖީލުގެ މޮޑެލް އަންނަ ނަމަ، ދަރިވަރުންނާއި އާދައިގެ ބޭނުންތަކަށް ބޭނުންކުރާ ފަރާތްތަކަށް މިއީ އިތުރަށް ބޭނުންތެރި އެއްޗަކަށް ވެގެންދާނެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް