މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ހޮސްޕިޓަލުގައި އެޑިމިޓްކޮށްފިއެވެ.
މަހާތީރު މުހައްމަދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ވަރުބަލި ވާތީ ކަމަށް މަހާތީރުގެ އޮފީހާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު 100 ވަނަ އުފަންދުވަސް ފާހަގަކުރައްވައިފައިވާ މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން މަހާތީރުގެ އޮފީހުން ނެރުނު ބަޔާނުގައި ވާގޮތުން މަހާތީރަށް ފަރުވާދެމުން އަންނަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެޑްމިޓްކޮށްގެންނެވެ. އޮބްޒަވޭޝަނަށް ފަހު ދޫކޮށްލާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އުމުރުން 100 އަހަރުގެ މަހާތީރަކީ މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި 24 އަހަރު ހުންނެވި ނުފޫޒު ގަދަ ލީޑަރެކެވެ. އެގޮތުން ފުރަތަމަ ފަހަރު 22 އަހަރުގެ ދިގު ދައުރެއް ފުރިހަމަ ކުރައްވާފައިވާއިރު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ އުމުރުފުޅުން 92 އަހަރުގައި 2018 ވަނަ އަހަރު އެވެ.
މަހާތީރަކީ ހިތުގެ އާލާސްކަންފުޅުގެ ރިޕޯޓު އޮންނަ، އެއްފަހަރަށްވުރެ ގިނަ ފަހަރު ހިތުގެ ބައިޕާސް ސާޖަރީތައް ވެސް ހައްދަވާފައިވާ ބޭފުޅެކެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު