ޕާކިސްތާނުގެ 20 ޑިސްޓްރިކްޓަކުން ޕޯލިއޯ ވައިރަސް ފެނިއްޖެއެވެ.
ޕާކިސްތާނުގައި ޕޯލިއޯގެ ކޭސްތަކެއް ފެނި އެކަމުގެ ނުރައްކާ ފެންމަތިވުމާއެކު އެ ގައުމުގެ ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުން ސާމްޕަލް ނަގައި ޕޯލިއޯއަށް ޓެސްޓުކޮށްފައެވެ.
އޮފިޝަލުން ވަނީ ލެބޯޓަރީ ޓެސްޓުން އެ ގައުމުގެ 20 ޑިސްޓްރިކްޓަކުން ނެގި ސާމްޕަލްތައް ޕޯލިއޯއަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައެވެ. ޓެސްޓުތައް ހަދަން ސާމްޕަލް ނަގާފައިވަނީ އެ ގައުމުގެ އެކި ޑިސްޓްރިކްޓްތަކުގެ ނަރުދަމާ ނިޒާމުން ކަމަށް އޮފިޝަލުން ބުނެއެވެ.
ޕޯލިއޯއަށް ކުރި ޓެސްޓުތަކުން ޕޮޒިޓިވް ވެފައިވާ ޑިސްޓްރިކްޓުތަކުގެ ތެރޭގައި އެ ގައުމުގެ ވެރިރަށް ވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.
ޕާކިސްތާނުގެ މީޑިއާއިން ވަނީ އެ ގައުމުގެ މައި ޑިސްޓްރިކްޓް ތަކުގެ ތެރެއިން ލާހޫރާއި ކަރާޗީއާއި އިސްލާމް އާބާދުން ނެގި ސާމްޕަލްތައް ވެސް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައެވެ.
ޕާކިސްތާނުން މިއަހަރުގެ މިހާތަނަށް ޕޯލިއޯ ޖެހުނު މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު އެ ގައުމުގައި ޕޯލިއޯ ވެކްސިން ދިނުމަށް މިއަހަރު ވަނީ ބޮޑު ޕްރޮގްރާމެއްވެސް ކުރިޔަށް ގެންގޮސްފައެވެ.
އަފްގާނިސްތާނާއި ޕާކިސްތާނު ވެފައިވަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ޕޯލިއޯގެ އަސަރު އަދިވެސް ހުރި ދެގައުމުކަމުގައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ