ސޮނީ އިން އާ ޓްރޫ ވަޔަލެސް އިޔަރބަޑްސް، ސޮނީ ޑަބްލިޔުއެފް-ސީ710އެން، ތައާރަފުކޮށްފިއެވެ.
ޑަބްލިޔުއެފް-ސީ700އެން ގެ ފަހުގެ މޮޑެލް ކަމަށްވާ މި އިޔަރބަޑްސްގައި އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) އާއި އޭއައި ކޯލިން ފީޗާ ހިމެނެއެވެ. މިއީ އޯޑިއޯގެ ފެންވަރު ރަނގަޅުކޮށް ބެޓެރީ ދިގުދެމިގެންދާނެހެން ޑިޒައިންކޮށްފައިވާ އިޔަރބަޑްސްއެއް ކަމަށް ޓެކް ހަބަރުތައް ބުނެއެވެ.
މި އިޔަރބަޑްސްގައި ދެ މައިކްރޯފޯން ބޭނުންކޮށްގެން ބޭރުގެ އަޑު ދެނެގަނެ މަޑުކޮށްލުމުގެ ގާބިލިއްޔަތުކަން ހުރެއެވެ. އަދި ވަށައިގެންވާ އަޑުތައް އަޑުއިވޭނެ އެމްބިއަންޓް މޯޑެއް ވެސް ހިމެނެއެވެ. ސޮނީ ކަނެކްޓް އެޕް މެދުވެރިކޮށް ނުވަތަ އެޑެޕްޓިވް ސައުންޑް ކޮންޓްރޯލް ބޭނުންކޮށްގެން މި އަޑުތަކުގެ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ.
ފުރިހަމައަށް ޗާޖުކޮށްފި ނަމަ 40 ގަޑިއިރާ ހަމައަށް ބެޓެރީ ދެމިހުންނާނެ ކަމަށް ސޮނީން ބުނެެއެވެ. އަދި 5 މިނިޓު ޗާޖުކުރުމުން 60 މިނިޓު ބޭނުންކުރެވޭނެ ކުއިކް ޗާޖް ފަންކްޝަނެއް ވެސް ހިމެނެއެވެ. ފޯނުކޯލްތަކަށް އޭއައި-ޕަވަރޑް ވޮއިސް ޕިކަޕް ފީޗާ ހިމެނޭއިރު، އަޑުގަދަ ތަންތަނުގައި ވެސް ސާފު އަޑެއް ދެމިހުންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.
މި އިޔަރބަޑްސްގައި 5އެމްއެމް ޑްރައިވަރެއް ހުންނައިރު، ޑިޖިޓަލް ސައުންޑް އެންހާންސްމަންޓް އިންޖީން (ޑީއެސްއީއީ) ޕްރޮސެސިން އަށް ސަޕޯޓްކުރެއެވެ. ސޮނީ ސައުންޑް ކަނެކްޓް އެޕް ބޭނުންކޮށްގެން އިކުއަލައިޒަރ ސެޓިންގްސް ކަސްޓަމައިޒް ކުރެވޭނެ އެވެ.
މިޔުޒިކް ކޮންޓްރޯލް ކުރުމާއި، ޓްރެކް ބަދަލުކުރުމާއި، އަޑު ކޮންޓްރޯލް ކުރުމާއި، ކޯލްތަކަށް ޖަވާބުދިނުން، ޓަޗް ކޮންޓްރޯލް މެދުވެރިކޮށް ކުރެވޭނެއެވެ. މީގެ އިތުރުން، އެއްފަހަރާ ދެ ޑިވައިސާ ކަނެކްޓް ކުރެވޭ މަލްޓިޕޮއިންޓް ކަނެކްޝަން ވެސް މި އިޔަރބަޑްސްގައި ހިމެނެއެވެ. އަދި ފެނުގެ ރެސިސްޓެންޓް އައިޕީއެކްސް4 ރޭޓިންއާއި، ކުއްލިއަކަށް ޕޯޒް/ޕްލޭ، އަދި އަބަދުވެސް އަޑު އެއްވަރެއްގައި ކޮންޓްރޯލް ކުރުން ވެސް ހިމެނެއެވެ.
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ