ޕާކިސްތާނުގައި ސްކޭމް ސެންޓަރެއް ރެއިޑްކޮށް 149 މީހުން ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ހިންގި ކުއްލި ރެއިޑްގައި ސްކޭމް ސެންޓަރުން 149 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ 71 މީހަކުވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ޕާކިސްތާނުގެ ދަ ނެޝަނަލް ސައިބާ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީން ވަނީ ފުލުހުންނާ ގުޅިގެން ކުރިޔަށް ގެންދިޔަ ރެއިޑުގައި ބޮޑު ކޯލް ސެންޓަރެއް ހޯދިފައިވާކަމަށް ބުނެފައެވެ. އެ ކޯލްސެންޓަރު ބޭނުންކޮށްގެން ޕޮންޒީ ސްކީމްތަކާއި އިންވެސްޓްމަންޓް ފްރޯޑްތައް ހިންގަމުން ދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.

އޭއެފްޕީއާ ހަވާލާދީ ދަ ނެޝަނަލް ސައިބާ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީން ބުނީ ސްކޭމް ހިންގާ ބޮޑު ނެޓްވޯކުން އާންމުންގެ އެތައް ސަތޭކަ ބައެއްގެ ފައިސާ ގާނޫނާ ހިލާފަށް ހޯދައިފައިވާކަމަށެވެ.

އޮފިޝަލުން ވަނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނަށް ނިސްބަތްވާ 78 މީހަކާއި ޗައިނާއަށް ނިސްބަތްވާ 48 މީހެއްގެ އިތުރުން ނައިޖީރިއާ އާއި ފިލިޕީންސްގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ޒިމްބާބުވޭ އާއި މިޔަންމާއަށް ނިސްބަތްވާ މީހުން އެރެއިޑުގައި ހައްޔަރުކޮށްފައިވާކަމަށް ފާހަގަކޮށްގައެވެ.