ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގްހްތާނީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށާއި މ. މުލަކުގައި ހުންނަ ކޯލްޑް ސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ،
މި ބައްދަލުވުމުގައި ވަޒީރު ޝިޔަމް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ.
އަލީ ޔާމިން
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި