ހއ. ވަށަވަރު ސްކޫލުގެ ކްލާސްރޫމެއްގެ ސީލިންގު ވެއްޓި ދެ ދަރިވަރަކަށް އަނިޔާވެއްޖެއެވެ.
ވަށަފަރު ކައުންސިލުގެ މެންބަރަކު "ވަން" އަށް ވިދާޅުވީ އެ ކްލާސްރޫމަކީ 2022 ވަނަ އަހަރު ބޭނުންކުރަން ފެށި ކްލާސްރޫމެއް ކަމަށެވެ. އެއީ އާ ކްލާސްރޫމެއް ކަމަށްވިޔަސް އެތަނުގެ ސީލިންގުގެ ހާލަތު އެހާ ރަނގަޅު ނޫންކަމަށް މެންބަރު ވިދާޅުވިއެވެ.
"ސީލިންގު ވެއްޓި ދެ ކުއްޖަކަށް އަނިޔާވީ، އެއްވެސް ކުއްޖަކަށް ސީރިއަސް އަނިޔާއެއް ނުވޭ، ހޮސްޕިޓަލުންވެސް ދޫކޮށްލާފަ ވަނީ. އެކަމަކު އެތަނުން އެއް ކުއްޖަކު އަތުގެ އެކްސްރޭއެއް ނަގަން ދިއްދޫއަށް ގެންދާގޮތަށް ވަނީ. އެ ކުއްޖާއަށްވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ،" މެންބަރު ވިދާޅުވިއެވެ.
ވެއްޓުނު ސީލިންގަކީ ވަރަށް ތުނިކޮށް އެލްމިނިއަމުން ހަދާފައިވާ ސީލިންގެއް ކަމަށާއި ދެންހުރި ކްލާމްރޫމުގެ ސީލިންގުގެ ހާލަތުވެސް ދަށްވެފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އެ ކްލާސްރޫމުގެ ބަރީގެ ސީލިންގު މަރާމާތުކުރަން 2024 ވަނަ އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއަށް ބަޖެޓެއް ހަމަޖައްސައިދިން ކަމަށެވެ. ނަމަވެސް މިނިސްޓްރީން ނިންމީ އެކިއެކި ފޭސްތަކަކަށް ބަހާލައިގެން އެ މަސައްކަތް ކުރަން ކަމަށެވެ. އަދި އެ މަސައްކަތުގެ ކޯޓޭޝަން ހޯދަންވެސް މިނިސްޓްރީން އަންގާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ނަމަވެސް ސީލިންގު ވެއްޓުނު ހާދިސާއާ ގުޅިގެން އިމާރާތުގެ ސީލިންގު އެއްކޮށް ބަދަލްކުރަން އެޑިއުކޭޝަނުން މިހާރު އަންގާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހއ. ވަށަފަރު
ހއ. ވަށަފަރު
ހއ. ވަށަފަރު
ހއ. ވަށަފަރު