ޖުމުލަ 28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، އެސްޖީން ހޯދަމުން އަންނަނީ ދެ ލެވެލްއެއްގައި ކަމަށެވެ.

އެގޮތުން ލެވެލް އެކެއްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16،100ރ. އަދި ލެވެލް ދެއަކަށް 15،285ރ. ގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބެ އެވެ. އަދި ޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ދޭނެ އެވެ. އެމަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.

އެސްޖީންނަށް އޯޓީ ނުލިބޭނެ ކަމަށް ސީއެސްސީން ބުންޏެވެ. އެއީ އެސްޖީންނަކީ ކައުންސިލުތައް ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ އެ މަގާމު އަދާކުރާ މީހުންނަށް ކަމުގައިވާތީއެވެ.

އެސްޖީން ހޯދަމުން އަންނަ ރަށްތައް

  • - އދ. ހަންޏާމީދޫ ކައުންސިލް
  • - ވ. ކެޔޮދޫ ކައުންސިލް
  • - ވ. ތިނަދޫ ކައުންސިލް
  • - ވ. ރަކީދޫ ކައުންސިލް
  • - ފ. ދަރަނބޫދޫ ކައުންސިލް
  • - ދ. ރިނބުދޫ ކައުންސިލް
  • - ހއ. ތަކަންދޫ ކައުންސިލް
  • - ހދ. ހިރިމަރަދޫ ކައުންސިލް
  • - ހދ. ނޮޅިވަރަންފަރު ކައުންސިލް
  • - ށ. ފޭދޫ ކައުންސިލް
  • - ށ. ފީވަށް ކައުންސިލް
  • - ނ. ހެނބަދޫ ކައުންސިލް
  • - ނ. ވެލިދޫ ކައުންސިލް
  • - ރ. ވާދޫ ކައުންސިލް
  • - ރ. ރަސްމާދޫ ކައުންސިލް
  • - ރ. މަޑުއްވަރީ ކައުންސިލް
  • - ރ. އިންނަމާދޫ ކައުންސިލް
  • - ބ. ފެހެންދޫ ކައުންސިލް
  • - ބ. ހިތާދޫ ކައުންސިލް
  • - އއ. ފެރިދޫ ކައުންސިލް
  • - އއ. ތޮއްޑޫ ކައުންސިލް
  • - ތ. ގާދިއްފުށި ކައުންސިލް
  • - ތ. ތިމަރަފުށި ކައުންސިލް
  • - ލ. ދަނބިދޫ ކައުންސިލް
  • - ލ. މުންޑޫ ކައުންސިލް
  • - ގއ. ކޮލަމާފުށި ކައުންސިލް
  • - ގއ. ދެއްވަދޫ ކައުންސިލް

ސީއެސްސީން ބުނީ އެސްޖީ ކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު މަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އީ-މެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަންނާނެ ކަމަށް ބުންޏެވެ.

ސީއެސްސީން ބުނިގޮތުގައި އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 22 އިން އޮގަސްޓް 21 އާ ދެމެދުގަ އެވެ. އަދި އިންޓަވިޔު ބާއްވާތާ ގިނަވެގެން 15 ދުވަސް ތެރޭގައި ޕޮއިންޓް ޝީޓް އާންމުކުރާނެ ކަމަށް ބުންޏެވެ.