ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ޕާކުތައް ނުވަތަ ކުޅިވަރު ކުޅޭ ތަންތަން ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު އާންމުކުރި ފަތުވާއެއްގައި ބުނީ އިސްލާމްދީން ވަނީ އާދަމްގެފާނުންގެ ދަރީން އެކަލާނގެ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިَކުރައްވާފައި ކަމަށެވެ. ވަކީން ހާއްސަކޮށް މުސްލިމުން އެމީހުންގެ ތެރެއިން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް މިމަތިވެރިކަންّ ދެމެހެއްޓުމަށް ﷲ އަމުރުކުރައްވާފައިވާކަމަށް ފަތުވާގައި ބުންޏެވެ.
މުސްލިމުން މަރުވުމަށްފަހުވެސް އެ އިހުތިރާމު ދެމިއޮންނަން ވާނެ ކަމަށާއި އެކަން ރަސޫލާގެ ހަދީސްތަކުން އެނގޭކަމަށް ފަތުވާގައި ބުންޏެވެ.
ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަންވެސް ރަސޫލާގެ ހަދީސްތަކުން އެނގޭ ކަމަށް ފަތުވާގައި ބުންޏެވެ.
"މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ" ފަތުވާގައި ބުންޏެވެ.
ފަތުވާ ކޮމިޓީން 2017 ވަނަ އަހަރު ނެރުނު ފަތުވާއެއްގައި ބުނެފައިވަނީ ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރަސްތާނުތަކުގެ ބިން، އާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުންކުރުން ހުއްދަވާނެ ކަމަށެވެ.
ފަހުން ނެރުނު ފަތުވާއަކީ ކުރީގެ ފަތުވާގެ ނިންމުން ބާތިލުކޮށް ނެރުނު ފަތުވާއެކެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
މާލޭގައިހުރިހައިޤަބުރުކޮނެނަގައި ނިންމީމައިތޯއޭ ފަތުވާމަޖިލީހަށް ގޮތްކިޔަންއެމގެނީ
އިއްބެ - 11 މަސް ކުރިން
ހުރިހާކަމެއް ނިމޭފަހުން ފަތުވާމަޖުލިސް ނިދިންހޭލަނީ. ކިހާދެރަ.
ހުސޭ - 11 މަސް ކުރިން