ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަންގައި 20 ރުފިޔާއިން މަތީން ރީލޯޑުކޮށްގެން ބައިވެރި ވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަނަށް ހުށަހަޅާފައިވާ އަގުހުރި އިނާމުތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ސްލިމް އާއި ޑެލް ލެޕްޓޮޕާއި ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސްގެ އިތުރުން ކޮންސިއާޖް ގްރޫޕުން ދޭ 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރު ހިމެނެއެވެ.

މި ޕްރޮމޯޝަނުގައި ދޭ 500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗަރު ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަނުގައި އިނާމު ލިބޭ ނަސީބުވެރި ފަރާތްތައް ހޮވުމަށް ހާއްސަ ގުރުއަތެއް އޮންނާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން އަންނަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި، އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.