އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ނިންމުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނުން އެދިގެން މާލިއްޔަތު ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެ ކޮމެޓީ ސިއްރުކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން ފައްޓަވަމުން ކޮމެޓީގެ ނައިބު މުގައްރިރު އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ބައްދަލުވުމުގައި އޮންނާނީ އޭސީސީން ބޭނުންވާ ބައެއް މައުލޫމާތުތައް ހިއްސާކުރުން ކަމަށެވެ.
އޭސީސީން ވަޑައިގެންނެވި ބޭފުޅުން ވެއްދެވުމަށްފަހު، އެ ކޮމިޓީ ސިއްރުކުރަން ސަލީމް ވޯޓަކަށް އެއްސެވި އެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. ޝަރީފްގެ ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އައިފާން ތާއިދުކުރެއްވި އެވެ. އަދި ކޮމިޓީ ސިއްރުކުރަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ހުރިހާ މެންބަރުން ވޯޓުދެއްވި އެވެ.
އާއިޝަތު މާހާ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ރައީސް މުހައްމަދު ނަޝީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ހާރިޖީ ގުޅުން