ޕީއެސްއެމްގެ ލޯގޯ ބޭނުންކޮށްގެން ވީޑިއޯއެއް ހަދައި ބެޓިން ސައިޓްސްތައް އިޝްތިހާރުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ރޭ ބުނީ ޕީއެސްއެމްގެ ލޯގޯ އާއި ބްރޭންޑު ބޭނުންކޮށްގެން ބެޓިން ސައިޓުތައް އިޝްތިހާރުކުރުމަށް އޭއައި އިން އުފައްދާފައިވާ ވީޑިއޯ އަދި އޯޑިއޯއެއް ދައުރުކުރަމުން ގެންދާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ވީޑިއޯ ދައުރުކުރަމުންދަނީ "ކިރާބެޓް" ފޭސްބުކް ޕޭޖުންނެވެ. އެ ވީޑިއޯ ހަދާފައިވަނީ ޓީވީއެމްގެ ލޯގޯގެ އިތުރުން އެ ތަނުގެ ނޫސްވެރިޔަކު ހަބަރު ހުށަހަޅައިދޭ ގޮތަށް އޭއައި ބޭނުންކޮށްގެންނެވެ.
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް