ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައިގެން ދަރިމައިވުމުގެ ފަރުވާ (ފާޓިލިޓީ ސްޕެޝަލިސްޓް)ގެ ޑޮކްޓަރުންނަށް ހިލޭ ދެއްކޭ ހާއްސަ ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

ދުނިޔޭގެ އައިވީއެފް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި 25 ވަނަ ދުވަހުއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ އެ ޕްރޮގްރާމުގެ ދަށުން 75 ފަރާތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިލޭ ކޮންސަލްޓޭޝަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

8 ޖުލައި 2025: ޓްރީޓޮޕުގެ އައިވީއެފް ޑޮކްޓަރުންނަށް ހިލޭ ދެއްކޭ ހާއްސަ ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ހުޅުވާލައި އާންމުކުރި ޕޯސްޓަރު --- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

އެ ޕްރޮގްރާމްގައި ޑޮކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެ ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ތިން ކޮންސަލްޓަންޓުންނެވެ. އެއީ ޑރ. ޒާކިޔާ އަހްމަދު، ޑރ. ވަރްޝާ ރެންގަރާޖް އަދި ޑރ. އަނީތާ ގޯރް އެވެ. އެ ތިން ޑޮކްޓަރުންނަކީވެސް އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ދާއިރާއިން ދިވެހިންގެ އިތުބާރު ހޯދާފައިވާ ކޮންސަލްޓަންޓުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ޕްރޮގްރާމްގައި އައިވީއެފްގެ ފަރުވާއާ ބެހޭ މައުލޫމާތާއި މިހާރުގެ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާ އިތުރު އެއްވެސް ހަރަދަކާ ނުލައި ހޯދޭނެ ކަމަށެވެ.

2023 ވަނަ އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުން ފާޓިލިޓީ ސެންޓަރެއް ހުޅުވައި، އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފެށުމަށްފަހު، މިހާތަނަށް 13 ފަރާތެއްގެ ފަރުވާ ކާމިޔާބުވެ ދަރިން ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ދެ ފަރާތަކަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވިމެން އެންޑް ޗައިލްޑް ސެންޓަރުން ދަރިމައިވުމުގެ ފަރުވާގެ އިތުރުން، މާބަނޑު މީހުންގެ ފަރުވާ އަދި ކުޑަކުދިންގެ ހާއްސަ ފަރުވާވެސް ލިބެއެވެ. ރާއްޖޭގައި މި ފަރުވާ ލިބެން ހުރުމުން، ބޭރަށް ދަތުރުކުރުމުގެ ހަރަދު ސަލާމަތްވެ، އާއިލާ އަދި ގާތްތިމާގެ މީހުންގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ އައިވީއެފް ފަރުވާ ބޭނުންވެފައިވާ ދިވެހީންނަށް އަތްފޯރާ އަގެއްގައި އެ ފުރުސަތު ހޯދައިދިނުމެވެ. އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ލިބޭ ކާމިޔާބީގެ ނިސްބަތް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްވަރުގައި ހިފެހެއްޓިފައިވާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އެ ޕްރޮގްރާމުގައި ރަޖިސްޓްރީވެ ނަން ނޯޓުކުރުމުގެ ލިންކް