ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކަކާއި، 6 ރަށެއްގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިމަހު 2 ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ޕޮލިސް ސްޓޭޝަން ހަދަން ޖެހެނީ:
- ލ. މާވަށް
- މ. މުލި
- ރ. މަޑުއްވަރީ
- ށ. ފީވައް
- ތ. ތިމަރަފުށި
- ތ. ވޭމަންޑޫ
ފުލުހުންގެ އެކޮމަޑޭޝަން ބްލޮކް ހަދަން ޖެހޭނީ ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.
ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ) އުސޫލުގެ މަތީންނެވެ. އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ބުނީ ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ:
- މި މަހު 3 އިން 22 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00އަށް
- ފައިސާ ދައްކަން ޖެހޭނީ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް
- ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] އަށް އީމެއިލް ކުރަން ޖެހޭނެ
ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މިއަދުން ފެށިގެން ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
"އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން ބުނިގޮތުގައި ބީލަމުގައި ބައިވެރިވާން ރަޖިސްޓަރީވިކަމުގައި ވިޔަސް ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަކުރާން ޖެހޭނެ އެވެ. ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ:
- އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް - https://beelan.finance.gov.mv މެދުވެރިކޮށް
- އެނޫން ގޮތަކަށް ހުށަހަޅާ ބިޑު ބަލައެއް ނުގަންނާނެ
- މި މަހު 19ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގެ ކުރީން ބިޑު ހުށަހަޅަން ޖެހޭނެ.
- ބިޑު ހުޅުވުން އޮންނާނީ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރު
އެ ޕްރޮޖެކްޓުގެ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގައު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ބީލަންތަކުގެ ބިޑު ސެކިއުރިޓީގެ އަގު އުޅެނީ 72،250ރ. އާއި 212،500ރ. އާ ދެމެދުގަ އެވެ.
މިދިޔަ މާޗު މަހު ވަނީ މީހުން ދިރިއުޅޭ 70 އަށްވުރެ ގިނަ ރަށުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ތިން ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. އެއީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި 40 ޕޮލިސް ސްޓޭޝަނާއި އާރުޑީސީއާ ހަވާލުކުރި 20 ޕޮލިސް ސްޓޭޝަނުގެ އިތުރުން އެމްޓީސީސީއާ ހަވާލުކުރި 15 ޕޮލިސް ސްޓޭޝަނެވެ.
އާއިޝަތު މާހާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް