ހުޅުމާލެ ފޭސް އެކަކުން މިއަދު އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ކާނި މަގު، ލަންސިމޫ މަގު، އަސުރުމާ ހިނގުން، ނިރޮޅު މަގު ގޯޅި 17،18،19 ގެ އިތުރުން ޗަނބޭލީ މަގު ގޯޅި 4 އަދި 5 ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެެވެނީ މިއަދުގެ 14:00 އާއި 15:00 އާ ދެމެދު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިދާނެތީ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.