ސަލްމާން ޚާންގެ ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ފުރަތަމަ ފެނިލުމުގެ ޕޯސްޓަރު އާންމުކޮށްފިއެވެ. މިއީ 2020 ވަނަ އަހަރު ގަލްވާން ވެލީގައި އިންޑިއާއާއި ޗައިނާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމުގެ މައްޗަށް ބިނާކޮށް އުފައްދާ ވަޠަނީ ލޯބި ދައްކުވައިދޭ ޑްރާމާއެކެވެ.

މި މޯޝަން ޕޯސްޓަރު ސަލްމާންގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައި ވާއިރު، ޕޯސްޓަރުގައި އޭނާ ފެނިގެންދަނީ މޫނުގައި ލޭހޭކިފައިވާ، ސިފައިންގެ ޔުނިފޯމެއްގައި ތޫނު އަދި ހަރުކަށި ބެލުމަކާ އެކުއެވެ.

މި ޕޯސްޓަރުގައިވާ ޖުމުލައެއްގައި ބުނެފައިވަނީ "15،000 ފޫޓަށްވުރެ މަތީގައި، އެއްވެސް ބަޑިއެއް ނުޖަހައި އެންމެ ވަރުގަދަ ހަނގުރާމަ އިންޑިއާ ކުރި" ކަމަށެވެ.

ފިލްމު ޑައިރެކްޓް ކުރަނީ އަޕޫރްވާ ލަކިއާ ކަމަށާއި، ޕްރޮޑިއުސް ކުރާނީ ސަލްމާން ޚާން ފިލްމްސް އިން ކަމަށްވެސް ބުނެފައި ވެއެވެ. މިޔުޒިކް ކޮމްޕޯޒަރަކީ ހިމޭޝް ރެޝައްމިޔާ އެވެ.

ފިލްމުގައި ހަރުޝިލް ޝާހް، އަނކޫރު ބާޓިއާ، އަދި ހީރާ ސޯހަލް ވެސް ފެނިގެންދާނެއެވެ. ފިލްމު ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަލްމާން އެންމެފަހުން ފެނިފައިވަނީ ރަޝްމިކާ މަންދަނާއާއެކު "ސިކަންދަރު" ފިލްމުންނެވެ. އޭ.އާރް. މުރުގަޑޯސް ޑައިރެކްޓް ކުރި މި ފިލްމަށް ބޮކްސް އޮފީހުގައި އެހާ ބޮޑު ކާމިޔާބެއް ނުލިބުނުއިރު، މިހާރު ނެޓްފްލިކްސް އިން ބެލޭނެއެވެ.