އިގްތިސޯދީ އާ ދާއިރާތަކުން ރާއްޖެ އާއި އިންޑިއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރަތްވަލްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ އެ ބައްދަލުވުމުގައި ވިޔާފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އިންވެސްޓްމެންޓުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.

އަދި ދެ ގައުމުގެ މެދުގައި އިގުތިސޯދީ އާ ގޮތްގޮތުން ގުޅުން ބަދަހިކުރުމަށް ވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ސަރުކާރުގެ އިސް ވަފުދަކާއި އިންޑިއާގެ ކޮމާސް ސެކްރެޓަރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.