ރަޖްނީކާންތުގެ އަންނާން އޮތް ފިލްމު "ކޫލީ" ގައި އާމިރު ޚާން ކުޑަ ދައުރެއް އަދާކުރާނެ ކަމަށް ބުނެފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އާމިރުގެ ކެރެކްޓަރުގެ ނަމަކީ ދަހާ އެވެ. އޭނާ ފެނިގެންދާނީ ފިލްމުގެ ކްލައިމެކްސްގައި ރަޖްނީކާންތާއެކު ކޮންފްރޮންޓޭޝަން ސީނެއްގައެވެ.
މި ފިލްމަކީ ލޯކޭޝް ކަނަގަރާޖް ޑައިރެކްޓްކުރާ އެކްޝަން އަދި މުނިފޫހިފިލުވުމުގެ ފިލްމެކެވެ. ފިލްމު ނެރެނީ އައިމެކްސް ސްކްރީންތަކުގައެވެ.
ފިލްމުގެ ފުރަތަމަ ލަވަ "ޗިކިޓް" ނެރެފައިވާއިރު މި ފިލްމުގައި ނާގާރްޖުނާ އަކްކިނެނީ، އުޕެންދްރާ ރާއޯ، ޝްރުތީ ހަސަން، ސައުބިން ޝަހީރު، ސަތްޔަރާޖް އަދި ޕޫޖާ ހެގްޑޭ ފެނިގެންދާނެ އެވެ.
މި ފިލްމު ނެރެން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 14 ގައެވެ.
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން