އެމެރިކާއާއި އިރާނުން ނިއުކްލިއާ މަޝްވަރާތައް އަންނަ ހަފުތާގައި ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ އެކްސިއޮސް އިން ބުރާސްފަތިދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުން އެ ގައުމާއި އިރާނުން ނިއުކްލިއާ މަޝްވަރާތައް ބާއްވަން ރާވާފައިވަނީ ނޯވޭގެ އޮސްލޯގަ އެވެ.
އެމެރިކާގެ ވައިޓްހައުސްގެ ޗީފް ސްޓީވް ވިޓްކޮފް އަދި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރައްޗީ ހިމެނިވަޑައިގަންނަވާ ދެ ގައުމުގެ އިސް ވަފުދެއް އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އޮސްލޯގައި ބައްދަލުކުރައްވާނެ ކަމަށް އެކްސިއޮސް އިން ރިޕޯޓުކޮށްފައިވެއެވެ.
އަންނަ ހަފުތާގައި އެ މަޝްވަރާތައް ފަށަން ހަމަޖެހިފައިވީ ނަމަވެސް އެ މަޝްވަރާތައް ފަށާނެ ސީދާ ދުވަހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
އެމެރިކާ އާއި އިރާނު ނިއުކްލިއާ މަޝްވަރާތަކަށް ދިއުމަށް އަލުން ނިންމާފައި މިވަނީ އިސްރާއިލާއި އިރާނާ ދެމެދު ހިނގި ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން އިރާނުގެ ނިއުކްލިއާ މައި ސައިޓުތަކަށް ދިން ހަމަލާއަށްފަހު އިރާނާއި އެމެރިކާއާ ދެމެދު ގުޅުން ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އިރާނުން ވަނީ ކުރީން އެމެރިކާއާ އެކު ކުރިޔަށް ގެންދިޔަ ނިއުކްލިއަ މަޝްވަރާތައް ހުއްޓާލައިފައެވެ. އެއީ މިދިޔަ މަހު އިސްރާއީލުން އިސްވެ ދިން ހަމަލާތަކުގައި އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ.
މުހައްމަދު އައުޒަމް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް