މާލޭން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނިގޮތުގައި ހޯދަމުން އަންނަނީ ޏ.ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ އަބްދުލްހަމީދު އެވެ. އެއީ 34 އަހަރުގެ މީހެކެވެ.

ފުލުހުން ބުނިގޮތުގައި މި ދިޔަ މަހު 25 އިން ފެށިގެން ސާމީގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ އިއްޔެ އިރު އޮއްސުނު އިރު ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސާމީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.