ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ މަގާމުން ވަކިކުރުމުގެ މަސައްކަތް އިދިކޮޅުން ފަށައިފިއެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ކެމްބޯޑިއާގެ ވެރިޔަކާއެކު ކުރެއްވި ފޯނު ކޯލެއްގެ މައްސަލަ ފެންމަތިވެ އެ ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާއިރު ތައިލެންޑުގެ ކޯޓަކުން ވަނީ ބޮޑުވަޒީރުގެ މައްސަލަ ބަލަމުން ދާތީ މަގާމުން ދުރުކޮށް ސަސްޕެންޑު ކޮށްފައެވެ.
ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވެ އެ ސަރަހައްދުގެ މަޝްރަރު ގޯސްވެފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ވަނީ ކޮމްބޯޑިއާގެ ކުރީގެ ލީޑަރު ހުން ސެން އާއިއެކު ފޯނުކޯލެއް ކުރައްވައި އެ ހާދިސާ ހިނގި ދުވަހު ތައިލެންޑުގެ ސިފައިން އަމަލުކުރިގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ. އެ ފޯނުކޯލު ވަނީ ލީކު ވެފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރުގެ ފޯނުކޯލުގެ މައްސަލަ ފެންމަތިވެފައިވާއިރު އެ މައްސަލައިގައި ބޮޑުވަޒީރު ވަގުތުން މަގާމުން އިސްތިއުފާ ދެއްވާން ޖެހިވަޑައިގަންނަވާ ކަމަށް ގޮވާލައި އާންމުން ވަނީ ބޮޑެތި މުޒާހަރާތައް ފަށައިފައެވެ.
ބޮޑުވަޒީރުގެ އަމަލުގެ ސަބަބުން އޭނާ އެ މަގާމުން ވަކިކުރަން އިދިކޮޅުން ވަނީ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ގާނޫނުހަދާ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފައެވެ.
ތައިލެންޑުގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ނައްތަޕޮންގް ރުއިގްޕަޔަވުޓް ވަނީ ރަނގަޅު ދަނޑިވަޅަށް ތައްޔާރު ވެ ތިބުމަށް ގޮވާލައި އިދިކޮޅު ހުރިހާ ޕާޓީތައް އެއްވެ ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެދިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު