ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)، މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފިއެވެ.
ފެނަކައިގެ ޑީއެމްޑީގެ މަގާމަށް ރުކުމާ އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ. ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ވެމްކޯގެ ޑީއެމްޑީގެ މަގާމުގައެވެ.
"ވަން" އެނގިފައިވާ ގޮތުން ރުކުމާ ވަނީ ފެނަކައިގެ ޑީއެމްޑީގެ މަގާމުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑީއެމްޑީގެ މަގާމުގައި ހުންނަވައިގެން ރުކުމާ އެ ކުންފުންޏަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ
ރުކުމާ ފެނަކައިން އިސްތިއުފާދެއްވާފައި ވަނީ އޭނާ މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރުމުންނެވެ.
މިދިޔަ ހަފުތާ ތެރޭގައި މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ރުކުމާވަނީ އައްޔަން ކޮށްފައެވެ.
މުހައްމަދު އިޝާން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން