ލ. ކައްދޫ އާއި އައްޑޫ ސިޓީ ގަމުގެ މޯލްޑިވިއަން އޮފީހުން ޓިކެޓު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ބުނީ މާދަމާ އިން ފެށިގެން ކައްދޫ އާއި ގަމުގެ އޮފީހުން ޓިކެޓު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ކައްދޫ އާއި ގަމުގެ މޯލްޑިވިއަން އޮފީހުން ޓިކެޓު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް، ވެބްސައިޓު ނުވަތަ މޯލްޑިވިއަންގެ އެޕް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގޭނެ ކަމަށާއި 24 ގަޑިއިރުގެ ހިދުމަތް ލިބެން ހުންނަ މޯލްޑިވިއަންގެ ކޯލް ސެންޓަރު ނަމްބަރު 1671 އަށް ގުޅައިގެން ވެސް ޓިކެޓު ބުކް ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން [email protected] އަށް އީމެއިލްކޮށް ނުވަތަ މޯލްޑިވިއަންގެ ވައިބާ https://t.co/vuzEvRmzN8 މެދުވެރިކޮށް ވެސް ޓިކެޓު ނެގުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި އަދި އެކި ސަރަހައްދުތަކުގެ ޓިކެޓިން އެޖެންޓުން މެދުވެރިކޮށް ވެސް ޓިކެޓު ނެގެން ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ