ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހުރި ގޮތެއް ބަލަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާއި އިތުރު ދެ ބިލެއް އިތުރަށް ދިރާސާކުރަން ކޮމެޓީތަކަށް ފޮނުވައިފި އެވެ.
އިތުރަށް ދިރާސާކުރަން ފޮނުވާފައިވާ ބިލުތައް:
- ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު، - އެ ބިލު ފޮނުވީ އިޖްތިމާއީ ކޮމެޓީއަށް
- ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު، - އެ ބިލު ފޮނުވީ ޖުޑިޝަރީ ކޮމެޓީއަށް
ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލުކުުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހުރި ގޮތެއް ބަލަން ހުށަހެޅި ގަރާރު ފޮނުވާފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ އާއި އިޖުތިމާއީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީއަކަށެވެ.
އެ ބިލުތައް މަޖިލީހުގެ ތަޅުމަށް ދެން އަންނާނީ ކޮމެޓީތަކުން ދިރާސާކުރުމަށްފަހު އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް