ތެލަސީމިއާ ކުދީން ލިބިދާނެ ކަމަށް ބެލެވޭ ދެ މީހުން ކައިވެނި ކުރާނަމަ ހާއްސަ ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭ ގޮތަށް ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު އެވެ.
އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ކައިވެނިކުރަން ހުށަހަޅާ ދެ މީހަކު ތެލަސީމިއާ ޓެސްޓުކޮށް އޭގެ ނަތީޖާ ހުށަހަޅަން ޖެހެ އެވެ. އެ ދެމީހުންނަކީ ތެލަސީމިއާ ބަލި ހުންނަ ކުދީން ލިބުމުގެ ފުރުސަތު އޮތް ދެމީހުން ކަމަށްވާނަމަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ތައްޔާރުކުރާ ހާއްސަ ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެ އެވެ.
އެ ގަވާއިދުތައް މި ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ގެޒެޓުގައި ޝާއިއުކުރަން ޖެހެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ ތެލެސީމިއާ ޓެސްޓް ހެދޭ ގޮތް ހަދާލަދޭން ވީނުން
ފުރަތަމަ - 12 މަސް ކުރިން