ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި ދެ ކުދިން މިހާރު ވެންޓިލޭޓަރުން ނަގައިފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ "ވަން" އަށް މިއަދު ވިދާޅުވީ އެ ދެ ކުދީން ވެންޓިލޭޓަރުން ނެގި ނަމަވެސް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 14 އަހަރާއި 16 އަހަރުގެ ކުއްޖެއްގެ އިތުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 49 އަހަރުގެ މީހާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައީސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެ އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހުންނަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އެމީހުންނަށް ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ފަރުވާދީފައެވެ. ނަމަވެސް އެ މީހުންގެ ހާލު ސީރިއަސްވުމުން ވަނީ އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލައިފައެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދީންނަކީ ދެ ދަރިވަރުންނެވެ. އެ ދަރިވަރުން ދުއްވި ސައިކަލް ޖެހުނު 49 އަހަރުގެ މީހާއަކީ ފައިނު ސްކޫލުގެ ޕްރިންސިޕަލެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް