"ކާންޓާ ލަގާ" މިޔުޒިކް ވީޑިއޯގެ ތަރި ޝެފާލީ ޖަރިވާލާ 42 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހުގެރޭ އަންދޭރީ ވެސްޓްގައި ހުންނަ އޭނާގެ ގޭގައެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޝެފާލީ ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ ޕަރާގް ތިޔާގީއެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ ކާޑިއެކް އެރެސްޓަކުންނެވެ. މިމައްސަލަ އެމްބޯލީ ޕޮލިހުން އަންނަނީ ބަލަމުންނެވެ. ފޮރެންސިކް ޓީމެއް އެ ގެއަށް ޒިޔާރަތްކޮށްފައިވާއިރު ޕޯސްޓްމޯޓަމް ވެސް ހަދާފައިވެއެވެ. އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި އޮޓޯޕްސީ ރިޕޯޓްލިބިވީ ނަމަވެސް އާންމުކޮށްފައެއް ނުވެއެވެ.
ޝެފާލީ މަޝްހޫރުވީ 2003 ގައި ނެރުނު "ކާންޓާ ލަގާ" މިޔުޒިކް ވީޑިއޯއިންނެވެ. އޭގެ ފަހުން "ނާޗް ބަލިޔޭ" އަދި "ބިގް ބޮސް 13" ގައި ބައިވެރިވިއެވެ. އެންމެ ފަހުން ފެނިގެން ދިޔައީ "ޝައިތާނީ ރަސްމޭން" (2024) ގައެވެ. އޭނާގެ އިންސްޓަގްރާމްގައި 3.4 މިލިއަން ފޮލޯވަރުން ތިބެއެވެ.
ޝެފާލީ ސްކިން ވައިޓްނިން އަދި ހޯމޯނަލް ބޭސް ބޭނުންކުރަމުންދިޔަ ކަމަށް ވެސް ރިޕޯޓްތައްބުނެއެވެ. އަދި ދުވާލަކު 8-9 ވައިޓަމިން ސަޕްލިމެންޓް ބޭނުންކުރަމުންދިޔަ ކަމަށްވެސް ވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް