ޕާކިސްތާނުގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 16 މީހަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ އުތުރުން އޮންނަ ވަޒިރިސްތާން ޑްސްޓްރިކްޓުގައި ދިން ޖާނުން ފިދާވުމުގެ އެ ހަމަލާގައި މަރުވި 16 މީހުންނަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިން ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހަމަލާގައި ދެމީހަކަށް އަނިޔާވެފައިވާކަމަށް އެ ސަރަހައްދުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ގޭގެއަށް ގެއްލުން ވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ތާލިބާނުން އުފުލާފައިވާއިރު އެ ހަމަލާ ދީފައިވަނީ މިލިޓަރީ ބަޔަކު ތިބި ސަރަހައްދަކަށް ވެހިކަލެއްގައި ވަދެ އެއްޗެއް ގޮއްވާލައިގެން ކަމަށް އޮފިޝަލުން ބުނެއެވެ. ހަމަލާ ދީފައިވަނީ ތާލިބާނުންގެ ފެކްޝަނެއް ކަމަށްވާ ހާފިޒް ބަހާދުރް އާމްޑް ގުރޫޕުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.