މިއަދު މެންދުރުފަހު 1:30 އިން ފެށިގެން ހަވީރު 5 އަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދައަރާފާނެ ކަމަށް ލަފާކޮށްފައިވާތީ އެވަގުތުތަކުގެ ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސައިކަލުގެ ބަދަލުގައި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ވަނީ އެވަގުތުތަކުގައި ބްރިޖާއި ހައިވޭ ބޭނުންކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ވެސް ނެރެފަ އެވެ.
މެޓުންވަނީ އެ ސަރަހައްދުތަކަށް ހެނދުނު 10:45 އިން ހަވީރު 4:30 އާ ދޭތެރޭގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
އާއިޝަތު މާހާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް