ހއ. ހޯރަފުށީގައި އައިޑީ ކާޑުގެ ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް އެ ރަށުގައި ފެށީ އިއްޔެއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އިއްޔެ ބުނިގޮތުގައި މިއަހަރު ނިމުމުގެ ރާއްޖޭގެ ކޮންމެ އަތޮޅަކުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 23 ރަށެއްގައި އައިޑީކާޑުގެ ހިދުމަތް ފަށާފައިވާނެ ކަމަށެވެ.
މި އަހަރު ކުރީކޮޅު ހއ ދިއްދޫގައިވެސް ވަނީ އެ ހިދުމަތް ފަށައިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އާއިޝަތު މާހާ
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން