އައިޑީ ކާޑު ޕްރިންޓިން ހިދުމަތް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ސޮއިކޮށްފައެވެ.
ޑީއެންއާރުން ބުނީ، ފުވައްމުލަކު ސިޓީގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފެށުމުން ފަސޭހަކަމާއެކު އައިޑީ ކާޑު ލިބޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލެއިން އައިޑީ ކާޑު ޕްރިންޓުކޮށް ފޮނުވުން ނިމުމަކަށް އަންނާނެ ކަމަށް ބުންޏެވެ.
ޑީއެންއާރުން ވަނީ ރާއްޖޭގެ ބައެއް އެހެން ރަށްރަށާއި ސިޓީތަކުގައިވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށައިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި