އިރާނަށް ބޮން އަޅަން ޖެހިއްޖެނަމަ އަދިވެސް އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އިރާނުން އަދިވެސް ނިއުކްލިއާ ޕްރޮގްރާމް ފައްޓާނެ ކަމަށާއި ފައްޓައިފި ނަމަ، އަލުން ހަމަލާ ދޭނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އިރާނުން ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ފަށައިފިނަމަ، އިތުރު ސުވާލެއް ނެތް ކަމަށާއި ނިއުކްލިއާ ސައިޓުތަކަށް ބޮން އަޅާނެ ކަމަށެވެ.
އެބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ބޮން އެޅި އިރު އެސައިޓުތަކުގައި ހުރިހާ އެއްޗެއް ހުރި ކަމަށާއި ބޮން އެޅުމުގެ ސަބަބުން ސައިޓުތައް ހަލާކުވެފައިވާ ކަމަށެވެ. އަދި އިރާނުން ނިއުކްލިއާ އަށް އަލުން ދިއުމަށް ދުވަސް ނަގާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެެ.
އިރާނާއި އިޒްރޭލުން ކުރަމުން ދިޔަ ހަނގުރާމައިގެ އެންމެ ހޫނު ދުވަސްވަރު އެމެރިކާއިން ވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މުހައްމަދު އައުޒަމް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް