ކަނޑުމަތީގެ ހާދިސާއެއްގައި 2020 ވަނަ އަހަރު ގެއްލުނު ބ. އޭދަފުށީ/ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
ނަސްރުﷲ ގެއްލުނީ 2 ޖަނަވަރީ 2020 ގައި ބ. އަނގަފަރު ފަޅު ކައިރިން އޭނާ އާއި އިތުރު ދެ މީހަކު ތިބި ޑިންގީއާއި ލޯންޗެއް ޖެހި ހިނގި ހާދިސާގައެވެ. ނަސްރުﷲ ހޯދުމަށް ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އޭނާ ފެނިފައެއް ނުވެ އެވެ. ނަމަވެސް ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން އޭނާ އިން ޑިންގީ ކަނޑު އަޑިން ނެގި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު މިރޭ 'ވަން' އަށް ވިދާޅުވީ، އާއިލާގެ ފަރާތުން ހުށަހަޅައިގެން ނަސްރުﷲގެ މަރު މިދިޔަ އޭޕްރިލް މަހު އޭދަފުށީ ކޯޓުގައި ސާބިތުކޮށްފައިވާ ކަމަށެވެ. އަދި ކޯޓުގެ ނިންމުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުން ނަސްރުﷲ ގެ ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީންވެސް ހުއްދަ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ފާތިހު ވިދާޅުވީ، މާދަމާ ހުކުރު ނަމާދަށްފަހު އޭދަފުށީގައި ހުންނަ ތިން މިސްކިތުގައިވެސް ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ.
ގެއްލުނުތާ ފަސް އަހަރު ފަހުން ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން އިރު، މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް ވިދާޅުވެފަ އެވެ.
މުހައްމަދު ސިމާއު
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި