ރާއްޖޭގައި ބޮޑުވެފައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ބައިނަލްއަގުވާމީ ފެންވަރެއްގައި ގުޅިގެން އެކަމަށް ހައްލު ހޯދަންޖެހޭ ކަމަށާއި މިހާރުވެސް އެ މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ގާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމައަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ގައުމީ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވޮގުތައި ދުޅަހެޔޮ، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި ސަރުކާރުން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށާއި މިއަމާޒަށް ވާސިލުވުމުގައި ބައިނަލްއަގުވާމީ ގޮތުން އަޅާ ފިޔަވަޅުތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެއެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަަމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފަރުވާދީގެން، އަލުން އަނބުރާ މުޖުތަމައަށް ގެނައުން ކަމަށެވެ. އެކަމަށްޓަކައި ނ.ވެލިދޫ، ކ.ކާށިދޫ އަދި، ލ.ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ފަރާތްތަކުން ފަރުވާ ފުރިހަމަކުރުމަށްފަހު، އަލުން މުޖުތަމައަށް އެނބުރި އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، އަލުން މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު