ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ 80 ޕަސެންޓު ނިންމާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން އިއްޔެ ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ޖުމުލަ މަސައްކަތުގެ 71 ޕަސެންޓު ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ކޮލަމާފުށި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 18 އޮގަސްޓު 2023 ގައެވެ.
އެ މަޝްރޫއުގެ ދަށުން ކޮލަމާފުށީގައި ނުވަ ހެކްޓަރުގެ ބިން 270 ދުވަހުގެ ތެރޭގައި ހިއްކުމަށް ހަމަޖެހިފައިވަނީ 2.9 މިލިއަން ޑޮލަރަށެވެ. އެ މަޝްރޫއުގެ ދަށުން 823 މީޓަރުގެ ޑްރޭނޭޖް ބަޔޯސްވޭލެއް އެޅުން ހިމެނެއެވެ.
އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ އެންމެ ފަހުން އެ ރަށުން ގޯތި ދޫކޮށްފައިވަނީ މިއަހަރު ތެރޭގައި ކަމަށާއި އެއި ކުރިން އެކި ފަރާތްތަކުން އެ ރަށުން ގޯތި ނެގުމަށް ފަހު ދޫކޮށްލާފައިވާ ގޯތިތަކެއް ކަމަށެވެ.
އެއީ 2000 އާއި 4000 އަކަ ފޫޓުގެ ގޯތިތަކެއް ކަމަށާއި ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުންވެސް އެ ބޮޑުމިނުގައި ގޯތި ދޫކުރަން ހުޅުވާލާނެ ކަމަށެވެ. އެރަށުގައި ދިރިއުޅޭ އާބާދީގައި 700 އެއްހާ މީހުން އުޅޭއިރު ރަށުގެ ރަޖިސްޓްރީގައި 2000 އަށްވުރެ ގިނަ ރައްޔިތުން ހިމެނޭ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި