ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިރޭ 8:26 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ، އެކްސިޑެންޓަށްފަހު ގެއްލިފައިވާ ކަމަށާއި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް ލިބިފައިވާ އަނިޔާއެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ޅ. އަތޮޅު ހޮސްޕިޓަލުން ވެސް އެކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް