ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ޕްރިމިއަމް ޕާޓްނަރަކަށް މިނީސޯ ހަމަޖައްސައިފިއެވެ.
ދިރާގުން އެ ޕާޓްނާޝިޕް އިއުލާންކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި އިވެންޓެއްގައެވެ.
ދިރާގުން މިއަދު ބުނީ އެ އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު، ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ކަލީމް، ދިރާގު އަދި ސޮނީ ސްޕޯޓްސްގެ ސީނިއާ އޮފިޝަލުންގެ އިތުރުން ގިނަ އަދަދެއްގެ ގޭމަރުން ބައިވެރިވި ކަމަށެވެ.
އެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ގޭމް ސްޓޭޝަންތަކާއި ލައިވް މިއުޒިކާއެކުގައި ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޑީޖީޖީގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯ ހަމަޖެހިގެން ދިޔުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
"މި ޕާޓްނާޝިޕަކީ ރާއްޖޭގައި އީ ސްޕޯޓްސް ފުޅާކޮށް ތަރައްގީކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތައް ލިބޭ އިތުރު ބާރެއް،" މިރްޝާން ވިދާޅުވިއެވެ.
ދިރާގުން ބުނީ ޑީޖީޖީއިން ދަނީ ރާއްޖޭގައި އީ ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މިހާރު ޑީޖީޖީގައި 7،000 އަށްވުރެ ގިނަ ގޭމާސް ރަޖިސްޓްރީވެފައިވާކަމަށް ދިރާގުން ބުންޏެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު