މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ސާރިއުވަރުދީ އަދި ޗަނބޭލީ މަގު ހިމެނޭ ސަރަހައްދުން މެންދުރުފަހު 2:00 އާއި 4:30އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މީގެ އިތުރުން މާލޭގެ ކަޅުހުރާ މަގު އަދި ކަރަންކާ މަގު ހިމެނޭ ސަރަޙައްދުންވެސް ހެނދުނު 09:30 އާއި 10:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ވާހަކަ އެކުންފުނިން ވަނީ އަންގައިފައެެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދިފައެވެ