ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނޫޅޭ ރަށްރުގެ މީހުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ފަހު އެ ކަމާ ގުޅޭ ކަރުދާހެއް ހުށަހަޅަން މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާ ކަމަށެވެ.
މި ސަރުކާރުން އަންނަނީ ދުންފަތާ ދެކޮޅަކަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް ޖެނެރޭޝަން ބޭން އެއް ވަނީ ގެނެސްފައެވެ.
މީގެ އިތުރުން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، އޭގެ ވިޔަފާރިކުރުމާއި ވިއްކުމާއި ހިލޭ ދިނުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ރައީސް މުއިއްޒަށް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހާއްސަ އެވޯޑެއްވެސް މި އަހަރު ލިބިވަޑައިގެންފައެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
އަނެއްކާ އަނެއްކޮރަޕްޝަން ތައްމިނަށް ކޮށްލަން ތޯ ތއުއްވަނީ ތިކަން ކޮށްގެނ ކިތަށް މިލިއަން ދިރުވާލަން ތޯ ތިއުއްވަނީ؟ އަހަރަމެން ދިވެހިރައްޔިތުންނަށް ކިހާ ބޮޑުވަބާއެއް މިހިރަޖެހެނީ ދުންފަތޭފޯކޭ ކިޔައިގެން ކިތައްމެކޮރަްޝަނެއް ހިންގަން އުޅުނަސް މިފަހަރު ވޯޓުއް ނުލިބޭނެއިގޭ މިސަރުކާރުގެ ވައްކަމާއި އަނިޔާ ވެރިކަން ނޭގޭ ރައްޔިތަކު މިހާރަކުނެތް ވަރަށް ސަލާމް
އަބްދުﷲސައީދު - 12 މަސް ކުރިން