ބޮލީވުޑްގެ މަޝްހޫރު ފިލްމު "ޝޯލޭ" އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި ފިލްމުގެ ރީސްޓޯރ ކުރެވިފައިވާ ވާޝަން އިޓަލީގެ ބޮލޯނާގައި ބާއްވާ އިލް ސިނެމާ ރިޓްރޯވާޓޯ ފެސްޓިވަލްގައި ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ސްކްރީނިން އޮންނާނީ މިމަހުގެ 27 ގައި ޕިއާޒާ މެޖޯރޭގަ އެވެ.
"ޝޯލޭ" އަކީ 1975 ގައި ރިލީޒްކުރި، ރަމޭޝް ސިއްޕީ ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމުގައި އަމީތާބް ބައްޗަން، ދަރްމެންދްރާ، ހޭމާ މާލިނީ، ޖަޔާ ބަދުރީ އަދި އަމްޖަދް ޚާން ފެނިގެންދިޔައެވެ. މިއީ އިންޑިއާގެ ފިލްމީ ތާރީހު ލިޔެލި ފިލްމެކެވެ. އެތައް އަހަރެއް ވާންދެން އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައިވެސް އޮތް ފިލްމެކެވެ.
ރީސްޓޯރ ކުރެވިފައިވާ ވާޝަނަކީ ފިލްމް ހެރިޓޭޖް ފައުންޑޭޝަން އަދި ސިއްޕީ ފިލްމްސްގެ 3 އަހަރުގެ މަސައްކަތުން އުފެއްދި އެއްޗެކެވެ. މި ވާޝަންގައި ފިލްމުގެ އަސްލު ނިމުމާއި ކުރިން ކަނޑާލާފައިވާ ބައެއް މަންޒަރުތައް ހިމެނެއެވެ.
އަމީތާބް ބައްޗަން ބުނެފައިވަނީ ފިލްމުގެ ޝޫޓިން އަކީ ހަނދާނުން ނުފޮހެވޭނެ ތަޖުރިބާއެއް ކަމަށެވެ. އަދި ފިލްމު ރީސްޓޯރ ކުރެވުނުކަމީ އުފާވެރި ކަމެއް ކަމަށެވެ. ދަރްމެންދްރާ ބުނެފައިވަނީ "ޝޯލޭ" އަކީ ދުނިޔޭގެ 8 ވަނަ އަޖައިބު ކަމަށެވެ. އޭނާ ވަނީ ފިލްމުގެ ޑައިލޮގްތަކާއި ޑައިރެކްޝަން ފާހަގަކޮށް، ވީރޫގެ ދައުރު ކުޅުމަށް އިހުތިޔާރުކުރި ސަބަބު ބަޔާންކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް