އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތަކާ ގުޅިގެން ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.

ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރި އިރު، އެ ގައުމުގައި ހުންނަ އެމެރިކާ އާއި އިނގިރޭސި އެމްބަސީތަކުން ވަނީ ގަތަރުގައި އުޅޭ އެ ގައުމުގެ ރައްޔިތުން ރައްކާތެރިވެތިބުމަށް ގޮވާލައިފައެވެ.

ގަތަރުގައި ހުންނަ 24 ހެންޓަރު ބޮޑު އަލް އުދައިދް އެއާ ބޭސް އަށް އީރާނުން ހަމަލާ ދޭން އުޅޭކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އީރާނުން ގަތަރުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދޭން މިސައިލުތައް ފޮނުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ގަތަރުގެ ވައިގެ ސަރަހައްދުން ބައެއް މިސައިލުތައް ފެނިފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.