ރެޑިޓްގެ ބާނީ އަދި ސެރީނާ ވިލިއަމްސްގެ ފިރިމީހާ އެލެކްސިސް އޮހާނިއަން އޭނާގެ މަރުވެފައިވާ މަންމަ އަންކޭ އޮހާނިއަންގެ ވީޑިއޯއެއް އޭއައި މެދުވެރިކޮށް އުފައްދައިފައެވެ. އަންކޭ އޮހާނިއަން މަރުވީ 2008 ގައި ސިކުނޑީގެ ކެންސަރު ޖެހިގެންނެވެ.
އެލެކްސިސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ކުޑައިރުގެ ހަނދާނެއް އާކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރީ އޭނާގެ މަންމަގެ އެއްވެސް ވީޑިއޯއެއް ނެތުމުގެ ސަބަބުންނެވެ.
އެލެކްސިސް މިޑްޖާނީއަށް ދިން ކުޑައިރުގެ ފޮޓޯގައި ފެންނަނީ މަންމަ ގައިގައި ބައްދާލައިގެން ހުންނަ މަންޒަރެވެ. މިޑްޖާނީ ގައި އެދުނީ އެ ފޮޓޯ ވީޑިއޯއަކަށް ބަދަލުކޮށްދިނުމަށެވެ. މިޑްޖާނީން އުފެއްދި ވީޑިއޯ އެލެކްސިސްގެ ހިތަށް ވަރަށް ބޮޑަށް ވަދެފައިވެއެވެ.
މި ވީޑިއޯ ވަނީ ވައިރަލްވެފައެވެ. ވީޑިއޯ 7 މިލިއަނަށްވުރެ ގިނަ ފަހަރު ބަލާފައިވާއިރު، ގިނަ ބަޔަކު ވަނީ ހައިރާންވެ، ކޮމެންޓްތައް ކޮށްފައެވެ. ނަމަވެސް ބައެއް މީހުން ވަނީ ޕްރައިވަސީއާއި ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެލެކްސިސް ރެޑިޓް އުފެއްދީ 2005 ގައެވެ. އޭނާ ވަނީ ކުރިން އޭނާގެ މަންމަގެ ބަލިހާލަތު ހުރިގޮތުން އޭނާގެ ދިރިއުޅުމާއި ކެރިއަރަށް ކުރި އަސަރުގެ ވާހަކަ ދައްކާފައެވެ. ރެޑިޓް ކުރިއަރަމުން އައި ދުވަސްވަރު އޭނާގެ މަންމައަށް ސިކުނޑީގެ ކެންސަރު ޖެހުނެވެ.
"މަންމަ ކެންސަރު ބައްޔަށް ޑައިގްނޯސް ވުމުން އަހަރެންގެ ކެރިއަރާއި ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރި،" އޭނާ 2022 ގައި އިންސްޓަގްރާމްގައި ލިޔެފައިވެއެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު