އިރާނުގެ ވެރިކަން ބަދަލުކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.
މިފަދަ ވާހަކަތަކެއް ޓްރަމްޕް ދެއްކެވީ އިއްޔެ ހެނދުނު، އިޒްރޭލާ ގުޅިގެން އިރާނުގެ އަސްކަރީ ތިން މަރުކަޒަށް ހަމާލާދީ ހަނގުރާމައިގައި ސީދާ ބައިވެރިވެގެންނެވެ.
މި މޭރުމުން ޓްރަމްޕް ވާހަކަދެއްކެވީ އޭނާގެ ސޯޝަލްމީޑިއާ "ޓްރުތު ސޯޝަލް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޓްރަމްޕް ވަނީ އިރާނުގެ ވެރިކަން ބަދަލުނުކުރަންވީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
މި މަހުގެ 13 އިން ފެށިގެން އިރާނާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށިފައިވާ އިރު، އިއްޔެ އެމެރިކާއިން އިރާނަށް ހަމަލާދިނުމުން ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
އެމެރިކާއިން ހަމަލާދިން އީރާނުގެ އަސްކަރީ ތިން މަރުކަޒު ކަމަށްވާ ފޯޑޯ، ނަތަންޒް އަދި އިސްފަހާން އެއްކޮށް ސުންނާފަތިކޮށްލެވިފައިވާ ކަމަށާއި އެއީ ކާމިޔާބު ހަމަލާތަކެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އީރާނުން ބުނެފައިވާ ގޮތުގައި މާބޮޑު ގެއްލުންތަކެއް ނުލިބެއެވެ.
އެމެރިކާގެ މި ހަމަލާތަކާއެކު މެދުއިރުމަތީގެ ހާލަތު އިތުރަށް ނުރައްކާވެ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އީރާނުން ކުރީން ވަނީ އެމެރިކާ މިފަދަ ކަމެއްގައި ބައިވެރިވެއްޖެ ނަމަ އެކަން ބޮޑު ހަނގުރާމައަކަށް ވެގެންދާނެ ކަމުގެ އިންޒާރުދީފައެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި މިއީ އީރާނުން ސުލްހައިގެ އެއްބަސްވުން ހަދަންވީ ވަގުތެވެ. އަދި އެއްބަސްވުމަށް ދެކޮޅު ހަދައިފިނަމަ ނުރައްކާތެރި އެތައް ހަމަލާތަކެއް ތެހެރާނަށް ދޭނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފައެވެ.
އާއިޝަތު މާހާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އެއްމެފުރަތަމަ ބަދަލުކުރަންޖެހެނީ އެމެރިކާގެ ތުރަމްޕްވެރިކަން
އިއްބެ - 12 މަސް ކުރިން