ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓާ އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގުން ވިލިމާލޭގައި ހުންނަ އަމާން ހިޔާއަށް ބަދަލުކުރަން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ އެކްސްގައި ބުނީ އެ މަސައްކަތް ހަވާލުކުރީ މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ތާރީހެއް އަދި ނުބުނެއެވެ.
ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޕްރޮޖެކްޓްގެ ނަމުގައި ހަދާނީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލެއް ކަމަށް މީގެކުރިން ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
މި ހޮސްޕިޓާ ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށް، ތިމާވެއްޓާ ވެސް ރައްޓެހި ގޮތަށް ކަމަށް މިނިސްޓްރީން ކުރީން ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް ޗައިނާ ސަރުކާރާއެކު ސޮއިކުރީ 22 މެއި 2024 ގައެވެ. އެ މަސައްކަތް ނިންމައި، ނިންމިކަމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ 17 އޮކްޓޯބަރު 2024ގައެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް