ބައްޕައިންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އެއް އަހަރުގެ އަންހެން ދަރިއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ރޯލްސް-ރޯއިސް ކާރެއް ހަދިޔާ ކޮށްފިއެވެ.
ދުބާއީގައި ދިރިއުޅޭ އިންޑިއާ ވިޔަފާރިވެރިޔާ އޭނެކްސް ޑިވެލޮޕްމަންޓްސްގެ ބާނީ ސަތީޝް ސަންޕާލް އޭނާގެ އަނބިކަނބަލުން ޓަބިންދާ ސަންޕާލްއާއެކު އެމީހުންގެ ދަރިފުޅު އިސަބެއްލާ ސަންޕާލްއަށް މި ކާރުގެ ތަޅުދަނޑި ހަވާލުކުރި މަންޒަރު އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދެއެވެ.
މި ވީޑިއޯގައި ފެންނަނީ މެޓަލިކް ކުލައިގެ ކާރުގެ ހުރިހާ އެތެރެ ބައެއްވެސް ފިޔާތޮށި ކުލައިން ފަރުމާކޮށްފައިވާ މަންޒަރެވެ. ކާރުގެ ނަންބަރު ޕްލޭޓުގައި ލިޔެފައިވަނީ "މުބާރިކް އިސަބެއްލާ" އެވެ. ތަޅުމުގައި ހަރުކޮށްފައިވާ ކުޑަ ނޯޓެއްގައި ލިޔެފައިވަނީ މި ކާރު ހާއްސަކޮށް އިސަބެއްލާއަށް އިނގިރޭސިވިލާތުގައި ހަދާފައި، މި މުނާސަބަތަށް ޔޫއޭއީއަށް އިމްޕޯޓްކޮށްފައިވާ ކަމަށެވެ. ކާރުގެ ގޮނޑިތަކުގައިވެސް އިސަބެއްލާގެ އިނީޝަލްތައް ޖަހާފައިވެއެވެ.
މިއީ ސަތީޝް އޭނާގެ ދަރިފުޅަށް ޓަކައި މިފަދަ ބޮޑު ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފެބްރުއަރީ މަހު އޭނާ ވަނީ އިސަބެއްލާގެ ފުރަތަމަ އުފަންދުވަހު ދުބާއީގެ އެޓްލާންޓިސް ދަ ރޯޔަލްގައި ބޮޑު ޕާޓީއެއް ބާއްވައިފައެވެ. މި ޕާޓީގައި ރާހަތް ފަތެހް އަލީ ޚާން، ތަމަންނާ ބަޓިއާ، އާތިފް އަސްލަމް އަދި ނޫރާ ފަތެހީ ފަދަ ބޮލީވުޑް ތަރީން ބައިވެރިވިއެވެ.
މި ޕާޓީގައި ހޮޓާ ވަނީ ވިންޓަރ ވަންޑަރލޭންޑަކަށް ބަދަލުކޮށްފައެވެ. އައިސް ޝެންޑެލިއަރތަކާއި، ތަޅުމުގައި އައިސް އަދި ހުދު ގަސްތައް ބަހައްޓާފައިވެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ލަންޑަންގައި އުފަންވި އިސަބެއްލާ މި ޕާޓީއަށް އައީ ފެއަރީޓޭލް ކެރިޖެއްގައި، ޑިޒްނީ ޕްރިންސެސްއެއް ފަދަ ހެދުމެއް ލައިގެންނެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު