އޭ ލެވެލް އަކީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިދިޔަ 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ ފަހު ދަންފަޅީގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ޕައިލެޓް ކުރި އޭ ލެވެލްއަށް ފަހިކުރި ޕްރޮގްރާމު މާލޭގައި ވެސް ކުރިއަށްގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.
މާލޭގައި ހުންނަ ސީއެޗްއެސްއީ އަދި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި ޖާގަ އެބަހުރި ކަމަށާއި މަސައްކަތްކުރާނީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާ އިރުގައި ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ފެށި ޕްރޮގްރާމާއެކު ސަރުކާރުގެ ސްކޫލުތަކުގައި އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 77 އިންސައްތަ މަތިވެގެންދިޔަ ކަމަށެވެ. އަދި ސަރުކާރާއި ޕްރައިވެޓް ސްކޫލުތައް މުޅި ޖުމުލަ އެއްކޮށްލުމުން އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު މުޅި ރާއްޖޭގައި 38 އިންސައްތަ އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު