މާލޭ އިމާރާތެއްގެ ދެވަނަބުރިން ވެއްޓުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ ފަތިހުގެ ވަގުތެއްގައި 42 އަހަރުގެ އަންހެނަކު އިމާރާތެއްގެ މަތިން ވެއްޓިފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާގެ ދެ ފައިގެ ކުޑަ ހުޅުން ނެއްޓި އޯޕަން ފްރެކްޗާއެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް